ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ޑިޒައިން އަދި އީއައިއޭ ހެދުމަށް މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާ ސްޓްރަކްޗަރ އިން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
18 ހަފުތާ ތެރޭގައި ނިންމާގޮތަށް މިއަދު މަސައްކަތް ހަވާލުކޮށްފައިވަނީ ގއ. ގެމަނަފުއްޓާއި އަދި ގދ. ރަތަފަންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ޑީޓެއިލް ޑިޒައިން ހެދުމާއި އެންވަޔަރަންމަންޓަލް އިންޕެކްޓް އެސެސްމަންޓް (އީއައިއޭ) ތައްޔާރުކުރުމެވެ.
ގއ. ގެމަނަފުށި އަދި ގދ. ރަތަފަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިން އަދި އީ.އައި.އޭ ހެދުމަށް ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާރޓްނާޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި. pic.twitter.com/9Sf0kp49iJ
— Ministry of National Planning and Infrastructure (@MoNPImv) December 9, 2019
ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާޓްނާޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 507،104 ރުފިޔާ އަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ އެވެ. އަދި ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާޓްނާޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން އިންޖިނިއަރު އަބްދުﷲ ނައުޝާދެވެ.