ނ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ތުއްތު ކުއްޖެއްގެ ހާލު ސީރިއަސްވެގެން މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ނ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ "ނިއުބޯން ބޭބީ"އެއްގެ ހާލު ދެރަވެގެން، އިތުރު ފަރުވާއަށް އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ހެލިކޮޕްޓަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލޭންޑްކުރުމަށް ހަމަޖެހިފައިވަނީ މިރޭ މެންދަމު 00:30 ހާއިރު." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ހާލު ސީރިއަސްވި ނިއުބޯން ބޭބީ އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، އެސަރަހައްދަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ.



