މާލެ-ވިލިގިލި-ތިލަފުށި-ގުޅި ބްރިޖާގުޅޭ މަހާސިންތާއެއް ސަރުކާރުން ބާއްވައިފިއެވެ.
ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މާލެ-ވިލިގިލި-ތިލަފުށި-ގުޅި ބްރިޖާގުޅޭ މަހާސިންތާއެއް މިއަދު ދަރުބާރުގޭގައި ބާއްވާފައިވާ ކަމަށެވެ.
"މި ހަރަކާތުގައި މަޝްރޫޢުގެ ކޮންސަލްޓަންޓް، އޮވޭ އަރުޕް ޕވޓ. ލޓޑ. ގެ ފަރާތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި މަޝްރޫޢުގެ ތަފްސީލީ މަޢުލޫމާތު ދީފައިވޭ." ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.
https://twitter.com/MoNPImv/status/1206112488980267008?s=20
މާލެ – ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ގުޅާލާ ބްރިޖް އަޅަން 488 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ތައްޔާރުވަމުންދާކަން މިސަރުކާރުން ކުރިންވަނީ އިއުލާނު ކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ މި ޕްރޮޖެކްޓުގެ ސަބަބުން ގާއިމްވާ ދަތުރުފަތުރުގެ ނިޒާމާއެކު އިގްތިސާދަށް ވެސް ފައިދާ ކުރާނެކަމަށެވެ.