ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް - ފޮޓޯ: ރަައީސް އޮފީސް

ޝަރީޢަތް ނުނިމި ލަސްވާ މައްސަލަތައް ރިވިއު ކުރަނީ

ދައުވާކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ތުޙުމަތުކުރެވޭ ފަރާތުގެ ކުށެއް ނުވަތަ އިހުމާލެއް ނެތި ނުނިމި ލަސްވާ
މައްސަލަތައް ރިވިއުކުރުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފިއެވެ.

ދައުވާ ކޮށްފައިވާ މައްސަލަތަކާއި ތަހުޤީޤު މަރުޙަލާގައި ނުވަތަ ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއު ކުރުމަށް ޚާއްޞަ ކޮމިޓީއެއް ޕީޖީ އޮފީހުން އުފައްދާފައިވަނީ 5 ޑިސެންބަރު 2018 ވީ ބުދަ ދުވަހުއެވެ.

ޕީޖީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، އެއޮފީހުގައި ޤާއިމްކޮށްފައިވާ ކޮމިޓީގެ މެންޑޭޓްގެ ތެރެއަށް ދައުވާކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ތުޙުމަތުކުރެވޭ ފަރާތުގެ ކުށެއް ނުވަތަ އިހުމާލެއް ނެތި ނުނިމި ލަސްވާ މައްސަލަތައް ރިވިއުކުރުން އިތުރުކޮށްފައިވާކަމަށެވެ. ކުރިން އެ ކޮމިޓީގެ މަސްއޫލިއްޔަތުގެ ގޮތުގައި އޮތީ ދައުވާ ކުރުމަށް ނުވަތަ ނުކުރަން ނިންމާ ނިންމުންތައް މުރާޖައާ ކުރުމާއި އެކި މަރުހަލާތަކުގައި ބަންދުގައި ތިބި މީހުންގެ ބަންދުގެ ކަންކަން މުރާޖައާ ކުރުން އެކަންޏެވެ.

އަދި އެކޮމިޓީގެ މެންޑޭޓުގެ ގޮތުގައި ހިމަނާފައިވާ ކަމަކާ ގުޅޭގޮތުން ދަޢުވާ އުފުލިފައިވާ މީހަކު
އަދިނުވަތަ ބަންދުގައިވާ މީހަކު (ދިވެހިންނާއި ބިދޭސިން ހިމެނޭ ގޮތަށް) އެކަމުގެ ޝަކުވާ ހުށަހަޅަން ބޭނުންނަމަ،
ޝަކުވާ ހުށަހެޅޭނެގޮތް ހަމަޖައްސަވާފައިވާއިރު، ޝަކުވާ ހުށަހަޅާ ފޯމް އެއޮފީހުގެ އަތޮޅު ތެރޭގެ ބިއުރޯތަކާއި ޖަލުތަކާއި އެ އޮފީހުގެ ވެބްސައިޓުން ވެސް ލިބޭނެ ކަމަށް އެބަޔާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޞަރާ

    ރަގަޅު ކަމެއް. ދިގުލާ ސިވިލް ކަންތަށް ބަލާނެ މުއަސަސާޢޭއް ނެއްބާ؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ