މާލޭގައި ދުއްވާ ޓެކްސީއެއްގެ ޑްރައިވަރުގެ އަތުން މަސްތުވާތަކެތި ފެނިގެން ޓެކްސީގައި އެވަގުތު ހުރި ކަސްޓަމަރުވެސް ހައްޔަރުކޮށްފިއެވެ.
މިނޫހަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިރޭ އިރުއޮއްސި 18:00 ހާއިރުއެވެ.
މި ހާދިސާގައި ފުލުހުންނަށް މަސްތުވާތަކެތި ފެނިފައިވަނީ މި ޓެކްސީ ދުއްވަން އިން ޑްރައިވަރުގެ އަތުން ކަމަށާއި، ނަމަވެސް ޓެކްސީ ޑްރައިވަރުގެ އިތުރުން އެވަގުތު ޓެކްސީގައި ހުރި ކަސްޓަމަރުވެސް ހައްޔަރުކޮށްފައިވާކަމަށް މިނޫހަށް ވަނީ އިތުބާރުކުރެވޭ ފަރާތަކުން މަޢުލޫމާތު ދެއްވާފައެވެ.
އިތުބާރު ކުރެވޭ ފަރާތަކުން މިނޫހަށް މަޢުލޫމާތު ދެއްވި ގޮތުގައި މާލޭ އާސަހަރާ ކައިރިން މި ޓްކެސީން ހައްޔަރުކޮށްފައިވަނީ ޑްރައިވަރުގެ އިތުރުން އެ ޓެކްސީން ދަތުރުކުރި ފިރިހެނެކެވެ. އެ ދެ މީހުނަށްވެސް މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތު ކުރާކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި ފެނުނު ޓްކްސީން ދެން ހައްޔަރުކުރި މީހަކީ ލޯންޑްރީ އެއްޗެހި ނަގަން އެ ޓްކްސީގައި ދަތުރުކުރި މީހެކެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް، ފުލުހުން ފޯނު ނުނަންގަވާތީ އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.
ހިޔާލު
Miyah kiyaabala Hahdufahanalhaagoshtibi meehunney
އެ ޓެކްސީ މި ޓެކްސީ…… ޓެކްސީގައި ހުރި މީހާ……
HUREETHA ENEETHA
ކޮމެންޓް ކުރުން ބަންދު