ހދ. ވައިކަރަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިއަދު ހަވީރު ހިނގި މިއެކްސިޑެބްޓުގައި އަނިޔާވި އެކަކަށް ހދ. ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އެބަގެންދެއެވެ.
ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް ޢަބްދުﷲ ވާފިރު މިނޫހަށް ވިދާޅުވީ، އެރަށު ސުލައިމާނިއްޔާ ސްކޫލް ކަންމަތިން ދެސައިކަލެއްޖެހި މިއަދު ހަވީރު ހިނގި މިއެކްސިޑެންޓްގައި ދެމީހަކަށް އަނިޔާވެފައިވާކަމަށެވެ.

މިހާދިސާއާއެކު ދެމީހުންވެސް އެރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާއިރު، އޭގެތެރެއިން އެކަކު އިތުރު ފަރުވާ ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް މިހާރު ގެންގޮސްފައިވާކަމަށްވެސް ވާފިރު ވިދާޅުވިއެވެ.
އަދި ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް ގެންދެވުނު މީހާއަށް އައިސީޔޫގައި ފަރުވާދެމުންދާއިރު، އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްޞީލް އަދިވަނީ ސާފުވާގޮތްނުވެފައެވެ.
(ތަފްޞީލް އަންނަނީ)