45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ގިނަ އަތޮޅުތަކަށް އެލާރޓް ނެރެފި


45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ގިނަ އަތޮޅުތަކަށް އެލާރޓް ނެރެފިއެވެ.

ވައިގަދަ ވާނެކަމަށް ލަފާކޮށް މިއަދު 13:00 އިން 18:00 އަށް ވައިޓް އެލާރޓް ނެރެފައިވަނީ ނ. އަތޮޅުން މ. އަތޮޅަށް އަދި ގއ. އަތޮޅުން ފުވައްމުލަކު ސިޓީއާއި ހަމައަށެވެ.

މި ގަޑިތަކުގައި ވައިޓް އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

ވީމާ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައި ރައްކާތެރިވުމަކީ އެދެވިގެންވާ ކަމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ