އަލިފުއްޓާއި ދުވާފަރުގެ ބިންހިއްކަން ތައްޔާރުވަނީ

ރ. އަލިފުށި އަދި ރ. ދުވާފަރު ބިންހިއްކުމުގެ ތައްޔާރީތައް ވާންފަށައިފިއެވެ.

އެގޮތުން މި ދެރަށުގެ ބިންހިއްކުމަށް ބޭނުންވާ ޑިޒައިން އަދި އީއައިއޭ ހެދުމަށް މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާއިން މިއަދު ވަނީ ލޭންޑް އެންޑް މެރިން އެންވަޔަރަންމަންޓަލް ގުރޫޕް ޕްރައިވެޓް ލިމިޓެޑް އިން އެސޯސިއޭޝަން ވިތް ރިޔަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ.

މި މަޝްރޫޢު އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 51 ދުވަސްތެރޭ ނިންމާގޮތަށް 272،208.00 ރުފިޔާއަށެވެ.

ރ. އަލިފުއްޓާއި އެއަތޮޅު ދުވާފަރުގެ ބިން ހިއްކުމަށް ބޭނުންވާ ޑިޒައިން އަދި އީއައިއޭ ހަދަން މިއަދު ބަޔަކާއި ހަވާލުކޮށްފައިވާ އިރު މި މަސައްކަތް ފަށާނެ ވަކި ތާރީޚެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުން އަންނަނީ ގިނަ ޕްރޮޖެކްޓްތަކެއް ކުރިޔަށް ގެންދިއުމަށް ބޭނުންވާ އީއައިއޭ ހަދަން އެކި ފަރާތްތަކާއި ހަވާލުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ