ވިއްސާރަ ރެއެއްގެ މަންޒަރެއް - ފޮޓޯ: ފެށުން

އިތުރަށް މޫސުން ގޯސްވެ، ހުވަދު އަތޮޅަށްވެސް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވެ، ހުވަދު އަތޮޅަށްވެސް ޔެލޯ އެލާޓް ނެރެފިއެވެ.

ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ހުވަދު އަތޮޅަށް ނެރެފައިވަނީ ޔެލޯ އެލާޓްގައި ބުނެފައިވަނީ، މިރޭ 19:45 އިން 23:30 މިސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާއިރު، އުތުރާއި މެދުތެރޭގެ ކަނޑުތައް އާންމު ގޮތެއަގައި ގަދަ ވާނެކަމަށެވެ، އެންމެހާފަރާތްތަކުން ދަތުރުފަތުރު ކުރައްވާއިރު މޫސުމަށް ސަމާލުވެލެއްވުމަށް، ޚާއްސަކޮށް އުތުރާއި މެދުތެރޭގެ ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވެލެއްވުމަށް މެޓް އޮފީހުން އިއުތިމާސްކުރައްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ