ފުލުހުންގެ މަޑުއްވަރީ ޚާއްޟަ އޮޕަރޭޝަނުގެ ތެރެއިން - ފޮޓޯ: ފުލުހުން

ވެކްސިން ދިނުމަށް ދެކޮޅުހެދި ގެއެއްގެ ކުޑަކުދިންނަށް ވެކްސިން ދީފި

ވެކްސިން ދިނުމަށް ދެކޮޅުހެދި ގެއެއްގެ ކުޑަކުދިންނަށް ވެކްސިން ދީފިއެވެ.

ފުލުހުން ވިދާޅުވީ، ރ.މަޑުއްވަރިން ވެކްސިން ދިނުމަށް އިއްޔެ ދެކޮޅު ހަދަމުންދިޔަ ގެއެއްގެ ކުޑަކުދިންނަށް މިއަދު ވެކްސިން ދީފައިވާކަމަށެވެ.

މަޑުއްވަރިން ކުޑަކުދިންނަށް ވެކްސިން ދިނުމަށް ދެކޮޅު ހެދި ގެއެއްގެ މީހުން ފުލުހުންގެ މަރުކަޒަށް ޙާޟިރުކުރުމަށްފަހު ޖެންޑާ މިނިސްޓްރީގެ ފަރާތުން އެމީހުންނަށް ނަޞޭޙަތްތެރިވުމުން، އެގޭ މީހުން އެކަމަށް އެއްބަސްވެފައިވާއިރު، އެގޭގައި ދިރިއުޅޭ 3 ކުދިންނަށް މިއަދު ވެކްސިން ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެގޮތުން ފުލުހުން ވިދާޅުވީ، އެގޭ 4 އަހަރުގެ ފިރިހެން ކުއްޖަކަށާއި 2 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 1 މަހުގެ އަންހެން ކުއްޖަކަށް މިއަދު ވެކްސިން ދީފައިވާކަމަށެވެ.

ހައްދުފަހަނައެޅި ފިކުރުގެ މީހުން މިހިނގާ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހުން ފެށިގެން ފުލުހުންނާއި ސަލާމަތީ ބާރުތަކުން އެރަށުގައި ހިންގަމުން ދާ އޮޕަރޭޝަންގައި ހަރުކަށި ފިކުރުގެ ތިން މީހަކު މިހާތަނަށް ޙައްޔަރުކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ