ސިނަމާލި ބުރިޖާއި، މާލޭ ރިންގް ރޯޑް ގުޅުނު ޖަންގްޝަނުގައި ނުރައްކާތެރި އެކްސިޑެންޓްއެއް ހިގައިފިއެވެ.
ފުލުހުން ވިދާލުވީ 2019 ޑިސެމްބަރ 20 ވަނަ ދުވަހު 01:22 އެހާކައްހާއިރު ރިންގު ރޯޑް ބުރިޖު ޓުރެފިކް ލައިޓުގައި މަޑިކޮއްގެންއޮތް ވެހިކަލްތަކެއްގައި ޖީޕްއެއްޖެހި އެކްސިޑެންޓްއެއް ވެފާވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމުގައެވެ.
މިއެކްސިޑެންޓް ހިގަންމެދުވެރިވީ ބުރިޖުމަތިން ބާރުސުޕީޑްގައި މާލެއާ ވީކޮޅަށް ދުއްވާފައި އައި ޖީޕްއެއް ކޮންޓްރޯލް ނުވެގޮސް ޓުރެފިކް ލައިޓްއަށް މަޑުކޮއްގެންއޮތް ތިންކާރާއި ދެސައިކަލުގައި ޖެހިގެންނެވެ. ޖީޕް ދުއްވަފައިވަނީ ބަންގަލަދޭސްގެ 27 އަހަރުގެ ފުރިހެނެކެވެ.

މިއެކްސިޑެންޓުގައި ވެހިކަލްތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެ.
މިއެކްސިޑެންޓުގައި އަނިޔާވި މީހުން އޭޑީކޭއިން ފަރުވާދީފައިވެއެވެ. ޖީޕްގެ ޑުރައިވަރަށް އަދިވެސް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިނުވާކަމަށް ފުލުހުން ވިދާލުވެއެވެ.
މިއެކްސިޑެންޓުގައި ހިމެނޭ ހުރިހާ ވެހިކަލްތަކެއް ދުއްވާފައިވަނީ ލައިސެންސް އޮއްނަ މީހުނެވެ.
މިމައްސަލަ ފުލުހުންދަނީ ތަހްގީގް ކުރަމުންނެވެ.



