ޝައިޚް ޢަލީ ޒައިދުގެ ނުސީދާ ހަމަލާއެއް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދެއްވައިފިއެވެ. އެގޮތުން ޒައިދު ވަނީ ކުރީގެ ވެރިއެއް ދީނުގެ ނަމުގައި އުޅޭ ހަރުކަށި ފިކުރުގެ މީހުންނަށް ހިމާޔަތްދީފައި ކަމުގައި ވިދާޅުވެފައެވެ.
ޒައިދުގެ މި ވާހަކަ ނުސީދާކޮށް އަމާޒު ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށެވެ. ޒައިދު ވިދާޅުވެފައިވަނީ ކުރީގެ ވެރިއެއް ހަރުކަށި މީހުންނަށް ހިމާޔަތްދީ، އެމީހުންގެ ދިފާޢުގައި ތެދުވެފައިވާކަމަށެވެ. އަދި މިއަދު އެބޭފުޅާ އުޅެނީ އެކަން އޮޅުވާލާ ހުރިހާ ޝެއިޚުންގެ ބޮލުގައި "ހަރުކަށި" ޓެގް އަޅުވަން ކަމުގައި ވެސް ޒައިދު ވަނީ ވިދާޅުވެފައެވެ.
Kuryge verieh vany dynuge namugai ulhey aslu Harukashi meehunnah himaayai dhy, emyhunge dhifaauga thedhuvefai. Miadhu ebeyfulhaa ulheny ekan olhuvaalai, huriha sheikhunge bolugai Harukashi Tag alhuvan. Eyruves mihaaruves e Harukashi myhun enme rulhiarany sheikhun deke. Eynaa ves.
— Ali Zaid (@alizaid1000) December 21, 2019
މީގެ އިތުރުން ކުރީގެ ރައީސް މަޢުމޫންގެ ވެރިކަމުގައި ހިމަންދޫގައި އުޅުނު ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރުމުން އެމީހުންގެ (ޑޮޓް) ފިކުރު ބަދަލުނުކޮށް އެމީހުން ޖަލުން ދޫކޮށްލީ ކާކުތޯ ޒައިދު ވަނީ ސުވާލު އުފައްދަވާފައެވެ.
ޝެއިޙް ޒައިދު އެ ވިދާޅުވެފައިވާ ފަދައިން އެމީހުން ދޫކޮށްލާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ.
އަދި ވަކިން ޖަމާޢަތް ހަދައިގެން އެންމެން ކާފަރުކޮށް ޚުތުބާ ދެމުން ދިޔައިރު އެކަން ހުއްޓުވައި އެމީހުންގެ މުދިމުން ހައްޔަރު ކުރުމުން ޑޮޓް މީހުންގެ ދިފާޢުގައި ނުކުތީ ކާކުތޯވެސް ޝެއިޚް ސުވާލު އުފައްދަވާފައިވެއެވެ. އަދި މީގެ އިތުރުން އެމީހުންގެ ދިފާޢުގައި އެމްޑީޕީން ނުކުތުމުން ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވަނީ އެކަމާއި ސުވާލު ކުރައްވާފައެވެ.
ޝެއިޚް ގެ މި ވާހަކައިގައި އިޝާރާތް ކޮށްފައިވާ މީހާ އޭރުވެސް މިހާރުވެސް އެންމެ ރުޅިއަންނަނީ ޝެއިޚުންދެކެ ކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ހަރުކަށި ފިކުރުގެ މީހުންވެސް އެންމެ ރުޅިއަންނަ ބަޔަކީ ޝެއިޚުން ކަމުގައި ޒައިދު ވަނީ ވިދާޅުވެފައެވެ.




2 Responses
މާބޮޑަށްވެސް ލަސްވެއްޖެ ވިސްނުމެއް އެކަމު ވަގުތު ފާއިދެއްނުވޭ ނޫންތަ
ދިވެހިންގެތެރެއިން ބައެއްމީހުންނަށް ހުދު ކާފޫރުގނަޑަކަށް އޭނަވިނަމަވެސް ހެޔޮވިސްނޭ ބުއްދި ސަލާމަތުންތިބި ދިވެހިންނަށް އެސޮރު ކާފޫރަށްނުވާނެ. އެސޮރަށް ހެޔޮގޮތް މިންވަރުކުރައްވާށި.