ހައްވާ އަލީ: ފޮޓޯ- ސޯޝަލް މީޑިއާ

ފަޔަށް އަނިޔާވި އުމްރާވެރިޔާ ރާއްޖެ ގެމައުމަށް އެމްބަސީން އެހީވަނީ

ޔަލަމްލަމް ޕްރައިވެޓް ލިމިޓެޑް ޖަމާއަތުގެ ހަވާލުގަ މި މަހުގެ އަށްވަނަ ދުވަހު އުމްރާއަށްދިޔަ ތ. ގުރައިދޫ، ކީރަންމާގެ އުމުރުން 79 އަހަރުގެ ހައްވާ އަލީ އުމްރާގެ އަޅުކަމުގައި އުޅެނިކޮށް ވަނީ ވެއްޓިފައެވެ. އަދި ޑޮކްޓަރު ވިދާޅުވީ ކަނާތު ފައިގެ އުކުޅުވަޅު ކަށިގަނޑުގައި ރެނދު ލާފައިވާ ކަމަށާއި، ޖެހޭނީ އޮޕަރޭޝަން ކުރަން ކަމަށެވެ.

ބަލިމީހާގެ އާއިލާއިން ނިންމީ މައްކާގައި އޮޕަރޭޝަން ނުކޮށް ބަލިމީހާ މާލެ ގެނައުމަށެވެ. އެހެންކަމުން ހޮސްޕިޓަލުގެ ޑޮކްޓަރު ލަފާ ދެއްވާފައިވާ ގޮތުގެ މަތިން ހައްވާ އަލީ އަވަހަށް މާލެ ގެނެއުމުގެ މަސައްކަތް ޖަމާއަތުގެ ފަރާތުން ކުރަން ފެށި އެވެ.

ބަލި މީހާ މާލެ ގެނެވެން އަންނަނީ ސްޓްރެޗާ ކޭހެއްގެ ގޮތުގައި ކަމަށް ވާތީ އެކަމަށް ސައުދީ އެއާލައިނުން ހަ ސީޓު ބޭނުންވާ ކަމަށް އެއާއިލާއިން ވަނީ ބުނެފައެވެ. އަދި މިކަމަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާތީ އެ އާއިލާއިން ވަނީ އެންމެހާ ބޭފުޅުންގެ ދީލަތި އެހީއަށް އެދިފައެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސައުދި އަރަބިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ހައްވާ އަލީގެ އާއެިލާއާއި ބައްދަލު ކުރައްވާފައި ކަމަށާއި އަދީ ހައްވާ އަލީ ރާއްޖެ ގެނައުމުގެ އިންތިޒާމުތަކުގައި އެމްބަސީއިން ދަނީ އެހީތެރި ވަމުންކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ