ޖޭއެސްސީ އަށް ސުޕްރީމް ކޯޓުގެ ފަރާތުން ފަނޑިޔާރު ޝުޖޫން

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ރައީސް ސޯލިހު، އެކަމަނާ އެމަޤާމަށް ހަމަޖެއްސެވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ށ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސްޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.

ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ، އުސްތާޛާ ޝުޖޫން ކުރައްވަވާފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ހަމައެހެންމެ، މިރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ، ފަނޑިޔާރު ޝުޖޫންއާ ޙަވާލުކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ