ރިހެބިލިޓޭޝަނަށް ފޮނުވަން ޖެހެނީ ހިނދުކޮޅު އަންނަ މީހުން ކަމަށް ޑރ.އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ﷲ ގެ ހެޔޮ ރަހުމަތާއި ހަމައިން ނެއްޓޭ ހިނދުކޮޅެއް އަޅުގަނޑަކަށް ނާދެއެވެ. ވީމާ ރިހެބިލިޓޭޝަން ސެންޓަރ އަށް ވަޑައިގަންނަވަން ޖެހޭނީ މަނިކުފާނުފަދަ ހިނދުކޮޅު އަންނަ ބޭފުޅުންކަން ދަންނަވަމެވެ."
Allah ge heyo rahmathai hamain nettey hindhu kolheh alhugadakah nadhe eve. Vyma Rehabilitation Centre ah vadaigannavan jeheyny manikfanu fadha hindhukolhu anna beyfulhun kan dhannavameve.
— Dr Mohamed Iyaz (@dr_iyaz) December 22, 2019
Laadheenee amalu thakai dhekolhah alhugadu kura masakkaiy huttaanulaanameve.
ޑރ.އިޔާޒް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުލްލަތީފް ރިހެބިލިޓޭޝަނަށް ފޮނުވަން ފެންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ކަމަށް ނަން މަޝްހޫރުވެފައިވާ ފޭކް ޓްވިޓާ އެކައުންޓް "އެލެކްސް އަހްމަދު" އިން ކުރި ޓްވީޓެއްގައި ބުނެފިވާތީ އެކަމާ ގުޅިގެންނެވެ.
ފަހަކަށް އައިސް ފާޅުގައި އިޔާޒަށް ވަރަށް ބޮޑަށް ނަޝީދު ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. އިޔާޒް އެމަނިކުފާނު އަރިހަށް ވަޑައިގެން ދީނަށް ދައުވަތު ދޭން ނުޖެހޭނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.




