ސ.ހިތަދޫގައި ޕިކަޕަކާއި ސައުލެއްޖެހި އެކްސިޑެންޓެއް ހިނގައިފި

ސ.ހިތަދޫގައި ޕިކަޕަކާއި ސައުލެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓެއް ހިނގާފައިވަނީ މިއަދު ހަވީރު 4:40 ހާއިރު މަރަދޫ އިން ހިތަދޫއާ ދިމާލަށް (ދެކުނުން އުތުރަށް) ދުއްވާފައިދިޔަ ޕިކަޕެއް މަރަދޫ "ޖަސްޓް ޓީ" ކެފޭ ކުރިމަތިން ލިންކް ރޯޑުގައި ކުއްލިއަކަށް މަޑުކުރުމުން ފަހަތުން އައި ސައިކަލެއް ޕިކަޕުގެ ފަހަތުގައި ޖެހިގެން ކަމަގައި ޕްލިހުން ބުނެފައިވެއެވެ.

މިއެސިޑެންޓުގައި އަނިޔާވިފަރާތް މިހާރުވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލައް ގެންދެވިފައެވެ.

މި އެކްސިޑެންޓުގައި ޕިކަޕު ދުއްވަން އިނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި މީނާ އަތުގައި އެއްގަމު އުޅަދުދުއްވުމުގެ ލައިސެންސް އޮވެއެވެ. މިއެކްސިޑެންޓްގައި މީނާއަށް އެވެސްވަރެއްގެ އަނިއާއެއްވެފައި ނުވެއެވެ. ނަމަވެސް ޕިކަޕުގެ ވާތްފަރާތު ފަހަތު އިންޑިކޭޓާވަނީ ހަލާކުވެފައެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 35 އަހަރުގެ އަންހެނެކެވެ. އަދި މިސައިކަލުގެ ފަހަތުގައިހުރީ 34 އަހަރުގެ އަންހެކެވެ.

މިއެކްސިޑެންޓުގައި ސައިކަލް ދުއްވަންއިން އަންހެން މީހާގެ ބޮލަށް އެކިވަރުގެ އަނިޔާ ލިބި، ވާތު ލޯ ކައިރިން ފަޅައިގެން ގޮސްފައިވެއެވެ. އަދި ސައިކަލުގެ ފަހަތުން އިން މީހާގެ ވާތު ލޯ ކައިރިން ފަޅައިގެން ގޮސް ބޮލަށް އެކިވަރުގެ އަނިޔާ ލިބި، އެކި ތަންތަން މަށައިގެން ގޮސްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މައްސަލަދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ