ބްރިޖް އެކްސިޑެންޓާ ގުޅިގެން ޖިޕު ދުއްވި ޑްރައިވަރުގެ ލައިސަންސް ބާޠިލުކޮށްފި

ބްރިޖް އެކްސިޑެންޓާ ގުޅިގެން ޖިޕު ދުއްވި ޑްރައިވަރުގެ ލައިސަންސް ބާޠިލުކޮށްފިއެވެ.

މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ރޭ ސިނަމާލެ ބްރިޖުމަތީގައި ކާރުތަކެއް ޖެހި ބަޔަކަށް އަނިޔާވި މައްސަލާގައި އުޅަނދު ދުއްވަންހުރި ޑްރައިވަރުގެ ލައިސަންސް ބާޠިލްކޮށްފައިވާކަން ފުލުހުން ކަށަވަރުކޮށްދީފައިވާއިރު، ފުލުހުން ވިދާޅުވީ، ޖިޕް ދުއްވި ބަންގްލަދޭޝް ޑްރައިވަރުގެ ލައިސަންސް ބާޠިލްކޮށްފައިވަނީ އިއްޔެކަމަށާއި، އެހެންކަމުން ދެން އޭނާއަށް ލައިސަންސް ލިބޭނީ ދެ އަހު ދުވަހުގެ މުއްދަތެއްގެ ފަހުން ކަމަށް ވެސް ޓްރާންސްޕޯޓުން ނިންމާފައިވާ ކަމަށެވެ.

މިއެކްސިޑެންޑް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ހުދު ކުލައިގެ ޖިޕެއް ކޮންޓްރޯލު ނުވެ، ބްރިޖުގެ ޓްރެފިކް ލައިޓަށް މަޑުކޮށްފައި އޮތް ތިން ކާރަކާއި ސައިކަލެއްގައި ޖެހިގެންނެވެ. މިހާދިސާގައި އެންމެ ބޮޑު އަނިޔާއެއް ލިބިފައިވަނީވެސް ޖިޕް ދުންވަންހުރި އުމުރުން 27 އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ ޑްރައިވަރަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ