ބަހަކާއި ކާރެއްޖެހި ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފި

ބަހަކާއި ކާރެއްޖެހި ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ އެމްޓީސީސީގެ ބަހަކާއި ޕްރިވެޓް ކާރެއްޖެހި އެކްސިޑެންޓްވެފައިވާ ކަމުގެ މަޢުލޫމާތު މިއަދު ހަވީރު 04:55 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

އަދި މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކްސިޑެންޓްވި ކާރަށާއި ބަހަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިއެކްސިޑެންޓް ހިނގާފައިވަނީ ޗަބޭލީ މަގުން ދެކުނުން އުތުރަށް ދުއްވާފައި ދަނިކޮށް ކާރު އޯވަރޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި ކާރާއި ބަސް ދުއްވަން ހުރި ޑްރިވަރުން އަތުގައި ލައިސެންސް އޮންނަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ