މަސްތުވާތަކެތި އެެތެރެ ކުރުމުގެ ދެ މައްސަލައެއްގައި ޕާސްޕޯރޓް ހިފަހައްޓަން އަމުރުކޮށްފައި ވަނިކޮށް ދެ ބިދޭސީން ފުރުވާލައިފިއެވެ.
ޕްރޮސްކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކްރިމިނަލް ކޯޓުގައި އޮތް މަސްތުވާތަކެތި އެެތެރެ ކުރުމުގެ ދެ މައްސަލައެއްގައި ހިމެނޭ ދެ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވަނިކޮށް، ދެ މީހުން ފުރުވާލާފައިވާ ކަމަށެވެ.
އަދި މި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
މިކަން މިގޮތަށް ދިމާވާން މެދުވެރިވީ ކޮންބައެއްގެ އިހުމާލުންކަމެއް އަދި ވަނީ އިނގޭގޮތް ނުވެފައެވެ.



