ހަ ރަށެއްގެ މަގު ހެދުމަށް ބޭނުންވާ ސާރވޭގެ މަސައްކަތް ކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.
ހއ. ކެލާ، ރ. އަލިފުށި، ރ. ހުޅުދުއްފާރު، މ. މުލި، ލ.ގަން އަދި ތ. ގުރައިދޫގެ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަލް ހަބްޝީ އިންޖިނިއަރިންގ ކޮންސަލްޓެންޓްސް އޮފީސް އާއެވެ. މި މަޝްރޫއު އަކީ 3.17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ މި ހަ ރަށުގެ މަގު ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ސަރވޭއާއި ޑީޓެއިންޑް ޑިޒައިންއާއި އެންވަޔަރްމެންޓަލް އިންފެކްޓް އެސެސްމަންޓް (އީ.އައި.އޭ) ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ.
މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް އަލްފާޟިލާ ޝާނާ ފާރޫގެވެ. އަދި އަލް ހަބްޝީ އިންޖިނިއަރިންގ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ ޑިރެކްޓާ އަލްފާޟިލް އަބްދުއްރައްޒާގު އިދުރީސް އެވެ.
މި މަސައްކަތް އަލް ހަބްޝީ އިންޖިނިއަރިންގ ކޮންސަލްޓެންޓްސް އޮފީސް އާ ހަވާލުކޮށްފައިވަނީ 120 ދުވަސް ތެރޭ ގައި ނިންމާގޮތަށެވެ.