މާލެ ދަތުރުކުރާ ބޯޓެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހަށް ހުށައަޅައިފިއެވެ.
ފުލުހުން ވިދާޅުވީ މިއަދު 5:50 ހާއިރު މެދު ދެކުނު ސަރައްހައްދުގެ ރަށަކުން ފުރައިގެން މާލެ ދިއުމަށް ދަތުރުކުރަމުންދިޔަ ބޯޓެއްގައި އިން 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ހުށައެޅިފައިވާ ކަމަށެވެ.
މި ކުއްޖާއަށް ޖިންސީ އަނިޔާ ކޮށްފައިވަނީ އެބޯޓުގެ ފަޅުވެރިއެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި މައްސަލަ އާއި ގުޅިގެން 44 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އަދި މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުން ދާކަމުށް ފުލުހުން ވިދާޅުވިއެވެ.