ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ސްރީލަންކާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި، މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިފެށޭ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހުއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުން ރައީސް ލަންކާ އަށް ވަޑައިގަންނަވަނީ އާއިލާއާއެކު އާ އަހަރުގެ ޗުއްޓީ ހޭދަކުރެއްވުމަށެވެ.