މާލޭ މަގުމައްޗަށް ބަނގުރާފުޅިތަކެއް ތެޅިއްޖެ

މާފަންނު ބުލޫކިޔާ މަގަށް ބަނގުރާފުޅިތަކެއް ތަޅައިގެން ހިނގައްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މީގެ އިރުކޮޅެއްކުރިން ބަނގުރާ ފުޅިތަކެއް އަޅާފައިހުރި ދަބަހެއް މަގުމައްޗައް ވެއްޓި އޭގައި ހުރި ރާފުޅިތަކެއް ވަނީ ތަޅައިގެން ގޮސްފައެވެ.

ބެލޭވޭގޮތުގައި މިފުޅިތަކަކީ އާއަހަރު ފާހަގަކުރަން ބޭނުން ކުރުމަށް ގެންދިޔަ ރާފުޅިތަކެކެވެ.

އެސަރަހައްދުގައި ފުލުހުން އަންނަނީ މިހާރު ހަރަކާތްތެރިވަމުންނެވެ.

އާއަހަރު ފާހަކުރުމަށް ބަނގުރަލާ މަސްތުވާތަކެތީގެ ބޭނުންކޮށް ޕާޓީ ކުރާ ފަރާތްތައް ހޯދުމަށް ފުލުހުން އަންނަނީ ހާއްސަ އޮޕަރޭސަނެން ހިންގަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ