ކ. މާފުށީ ފިހާރައެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންބުނީ، ޕޮލިސް އިންޓެލިޖެންސާއި މާފުށީ ޕޮލިސް ގުޅިގެން ހިނގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހުރި 108 ރަބަރު ޕެކެޓާއި އެއް ޖޫސްޕެޓީ ކޮތަޅު ހޯދައިފައި ވާކަމަށެވެ.
Mirey K.Maafushi fihaaraeh balaifaaskoh masthuvaa thakehchaaeku 25a. ge bidheyseeaku hayyarukurun: #PoliceIntel aai #MaafushiPolice gulhigen hin'gi operation gai masthuvaathakethi huri 108 rubber packet aai 1 juice petty kothalhu hoadhaafaivey pic.twitter.com/kYhSbq1M9g
— Maldives Police (@PoliceMv) December 31, 2019
އާއަހަރު ފެށުމާއި ދިމާކޮށް ފުލުހުން އަންނަނީ ހާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންދަމުންނެވެ. މިގޮތުން މި އޮޕަރޭޝަނުގެ ތެރެއިން ވެހިކަލްތަކާއި އަދި މީހުން އަންނަނީ ޗެކު ކުރަމުންނެވެ.
އާއަހަރު ފެށޭ ރެޔާއި ދިމާކޮށް ޕާޓީ ކުރުމާއި އަދި މަސްތުވާތަކެތި ބޭނުންކުރުންވަނީ ފަހަކަށް އައިސް އިތުރުވެގެން ގޮސްފައެވެ.




