އުންމީދަކީ އެހެން ރަށަރަށުގަ ވިހާ ކުދިންނަށްވެސް ހަދިޔާ ލިބުން - ތޮއްޔިބު

އައިޖީއެމްއެޗްގައި ވިހާ ކޮންމެ ކުއްޖަކަށް އެސްޓީއިން ހަދިޔާއެއް ދޭން ފަށާފައިވާ އިރު، އުންމީދަކީ އެހެން ރަށަރަށުގަ ވިހާ ކުދިންނަށްވެސް މި ހަދިޔާ ލިބުން ކަމުގައި ރާއްޖޭގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް ވިދާޅުވެއްޖެއެވެ.

ތޮއްޔިބު މިހެން ވިދާޅުވެފައި ވަނީ އައު އަހަރާއެކު އައިޖީއެމް ހޮސްޕިޓަލުގައި އުފަންވާ ކޮންމެ ކުއްޖަކަށް ސްޓީއޯއިން ހަދިޔާއެއް ދޭން ފަށުމާއި ގުޅިގެންނެވެ.

އެގޮތުން އެސްޓީއޯ އިން ފާށާފައިވާ މި ހަރަކާތުގައި އައިޖީއެމްއެޗްގައި އުފަންވާ ކުދިންގެ ބެލެނިވެރިންނަށް އެސްޓީއޯއިން ވައުޗަރެއް ދޫކުރެއެވެ. އަދި އެ ވައިޗަރު ހިފައިގެން އައިޖީއެމްއެޗްގައި ހުންނަ އެސްޓީއޯގެ ފާމަސީއަށް ދިއުމުން އުފަންވާ ކުއްޖާއަށް ހަދިޔާއެއް ލިބޭނެކަމަށް އެސްޓީއޯއިން ވަނީ ވިދަޅުވެފައެވެ.

އެސްޓީއޯއިން ދޭ މި ހަދިޔާ ލިބެނީ ހަމައެކަނި މާލެއިން ކަމަށްވުމާއެކު ބައެއްފަރާތްތަކުގެ ފާޑުކިޔުން މިކަމަށް ވަނީ އަމާޒުވެފައެވެ.

އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް ގިފްޓް ޕެކް އެއް ދިނުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާކަމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ