ސްވިމިންގ ޓްރެކް އެޅުމަށް ބޭނުން ވާ ތަކެތި ހދ. ކުޅުދުއްފުށި ސިޓީ ގެ އިތުރުން ހއ. ދިއްދޫއަށް ގެންގޮސްފިއެވެ.
މީގެ ދެ ދުވަސް ކުރިން ސްވިމިންގ ޓްރެކް އެޅުމަށް ބޭނުން ވާ ތަކެތި، ރަށްރަށަށް ފޮނުވުމަށް ޓަކައި މާލޭ ބަނދަރުން ބޯޓުތަކަށް އަރުވައިފި ކަމަށް ސްވިމިން އެސޯސިއޭޝަނުން ވަނީ ވިދާޅުވެފައެވެ. އަދި މަދު ދުވަސްކޮޅެއް ތެރޭގައި މި ތަކެތި އެ ރަށްރަށަށް ފޯރާނެ ކަމަށް ޔޫތު މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.
ހަތަރު ރަށެއްގެ ސްވިމިންގ ޓްރެކް އެޅުމަށް ބޭނުންވާ ތަކެތި އެދުވަހު ލޯޑުކުރެވިފައި ވާ ކަމަށް ސްވިމިން އެސޯސިއޭޝަނުން ވިދާޅުވެފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީ ފޭދޫ ، މީދޫ އަދި ހއ.ދިއްދޫ އާއި ހދ. ކުޅުދުއްފުށި ސިޓީއެވެ.
އެގޮތުން ސްވިމިންގ ޓްރެކް އެޅުމަށް ބޭނުން ވާ ތަކެތި މިއަދު މިވަނީ ހދ. ކުޅުދުއްފުށި ސިޓީ ގެ އިތުރުން ހއ.ދިއްދޫ އަށް ގެންގޮސްފައެވެ.
އަވަސް މުސްތަގުބަލެއްގައި ސްވިމިންގ ޓްރެކްތައް އެޅިގެން ދިޔުމަކީ ޒުވާނުންނާއި މޫދަށްލޯބި ކުރާ ގިނަ ބައެއްގެ އުންމީދެކެވެ.
								
											


														
														
														
														
														
														