2020 ގައި ފެނަކައިން 30 އިންޖީނުގެއެއް ނިންމާ ޚިދުމަތް ދެނީ

ފެނަކަ ކޯޕަރޭޝަނުން, 2019 ވަނަ އަހަރު ރަށްރަށުގަ ޢިމާރާތްކުރަން ފަށާފައިވާ 30 އިންޖީނުގޭގެ މަސައްކަތް 2020 ވަނަ އަހަރު ނިންމައި އެއިންޖީނުގެތަކުން ކަރަންޓް ދޭން ފެށޭނެ ކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.

ފެނަކައިން ވިދާޅުވި ގޮތުގައި، އިންޖީނުގެތައް މީހުން އުޅޭ ޞަރަޙައްދުތަކުން އެކަހެރި ޞަރަޙައްދުތަކަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން 21 ރަށެއްގެ އިންޖީނުގޭގެ މަސައްކަތް ފެށިފައިވާކަމަށެވެ. އޭގެތެރެއިން 3 ރަށެއްގެ އިންޖީނުގޭގެ %99 މަސައްކަތް މިހާރު ނިމިފައިވާއިރު އެއީ ހއ. ތަކަންދޫ، ށ. ޅައިމަގު އަދި ތ. އޮމަދޫ ކަމަށެވެ.

އަދި ފެނަކައިން ވިދާޅުވީ، އިންޖީނުގެ ޢިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް އަދި މިހާތަނަށް މަސައްކަތް އަދި ނުފެށިވާ ރަށްތަކަކީ ގދ. ނަޑެއްލާއާއި ގދ. ތިނަދޫ، ށ. ފޯކައިދޫ، ނ. މިލަދޫ، ށ. ބިލެތްފަހި އަދި. ނ. ކެނދިކޮޅުދޫއެވެ.

ރަށްތަކުގައި ފެނަކައިން ފަށާފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު:

  • ހއ. ތަކަންދޫ: 99 ޕަސެންޓް މަސައްކަތް ނިމިފައި
  • ށ. ޅައިމަގު: 99 ޕަސެންޓް މަސައްކަތް ނިމިފައި
  • ނ. މަގޫދޫ: 40 ޕަސެންޓް މަސައްކަތް ނިމިފައި
  • ނ. ހެނބަދޫ: 40 ޕަސެންޓް މަސައްކަތް ނިމިފައި
  • ނ. މާޅެންދޫ: 82 ޕަސެންޓް މަސައްކަތް ނިމިފައި
  • ބ. ދޮންފަނު: 85 ޕަސެންޓް މަސައްކަތް ނިމިފައި
  • ބ. ހިތާދޫ: 43 ޕަސެންޓް މަސައްކަތް ނިމިފައި
  • ފ. ބިލެއްދޫ: 50 ޕަސެންޓް މަސައްކަތް ނިމިފައި
  • ތ. އޮމަދޫ: 99 ޕަސެންޓް މަސައްކަތް ނިމިފައި
  • ލ. މާމެންދޫ: 33 ޕަސެންޓް މަސައްކަތް ނިމިފައި
  • ރ. ފައިނު: 50 ޕަސެންޓް މަސައްކަތް ނިމިފައި
  • މ. ވޭވަށް: 43 ޕަސެންޓް މަސައްކަތް ނިމިފައި
  • ށ. ނަރުދޫ: 35 ޕަސެންޓް މަސައްކަތް ނިމިފައި
  • ބ. ފުޅަދޫ: 17 ޕަސެންޓް މަސައްކަތް ނިމިފައި
  • މ. ނާލައިފުށި: 40 ޕަސެންޓް މަސައްކަތް ނިމިފައި
  • ދ. ހުޅުދެލި: 25 ޕަސެންޓް މަސައްކަތް ނިމިފައި
  • ގއ. ނިލަންދޫ: 15 ޕަސެންޓް މަސައްކަތް ނިމިފައި
  • ގއ. މާމެންދޫ: 55 ޕަސެންޓް މަސައްކަތް ނިމިފައި
  • ފ. ފީއަލި: 11 ޕަސެންޓް މަސައްކަތް ނިމިފައި
  • ހއ. އުލިގަމު: 10 ޕަސެންޓް މަސައްކަތް ނިމިފައި
  • ހދ. ފިނޭ: 12 ޕަސެންޓް މަސައްކަތް ނިމިފައި

މީގެއިތުރުން ފެނަކައިން ވިދާޅުވީ، ގއ. ވިލިނގިލި، ރ. ރަސްމާދޫ އަދި ހއ. އުތީމުގެ އިންޖީނުގެތައް ވެސް އެކަހެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އައްޑޫ ސިޓީގަ ސެންޓްރަލް ޕަވަރ ޕްލާންޓެއް ޤާއިމު ކުރުމުގެ އަޒުމުގައި ފެށި މަސައްކަތުގެ ދަށުން މިހާތަނަށް އައިއިރު، އެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަރުޙަލާއަށް މި އަހަރު ވާޞިލުކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ފެނަކައިން ވިދާޅުވިއެވެ.

އަދި އާއިންޖީނުގެތަކާއެކު ރަށްރަށުގެ ކަރަންޓް ނެޓްވޯކް ވެސް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށާއި، މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 70 ޑެސިބެލް އަށް ވުރެ މަތިނުވާނެހެން ސައުންޓް އެޓެނުއޭޓަރު ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ