ކ. މާފުށީން 21 ފުޅި ރާ ފުލުހުން ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ ލިބުނު މަޢުލޫމާތަކާއި ގުޅިގެން މާފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 2020 ޖެނުއަރީ 3 ވަނަ ދުވަހުގެ މެންދުރުފަހު 02:45 އެހާކަށްހާއިރު މާފުށިން ބަނގުރާ އަޅާފައިހުރި އެއްޗެހިކަމަށްބެލެވޭ 21 ފުޅި ހޯދާފައިވާކަމަށެވެ.
އަދި މިފުޅިތައް ހޯދާފައިވަނީ މާފުށީގައި ހަދަމުންދާ ޢިމާރާތެއް ތެރެއިންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ޙައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ގެންދަވަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.




