ޕިކްނިކް އައިލެންޑް ހަވާލުކުރަން، ރައީސް މާފުއްޓަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކ.މާފުއްޓަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް މިއީ، މާފުށީ ޕިކްނިކް އައިލެންޑް އެ ރަށު ކައުންސިލާ ހަވާލުކުރުމަށް މިއަދު ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މާފުއްޓަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ޕިކްނިކް އައިލެންޑަކީ ރައީސް ގެ ވައުދުފުޅެކެވެ. އެގޮތުން މާފުށީގެ ބިން ހިއްކާ ނިމޭއިރު އެ ރަށުގެ ރައްޔިތުންނަށް ޕިކްނިކް އައިލެންޑެއް ހިއްކައިދޭނެ ކަމަށް ރައީސް ވިދާޅުވެފައިވަނީ މިދިޔަ އަހަރު އެވެ.

ރައީސްގެ މިއަދު މާފުއްޓަސް ކުރައްވާ ދަތުރުފުޅުގައި، އެ ރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށުގެ ބައެއް ސަރަަހައްދުތަކަށްވެސް ރައީސް ޒިޔާރަތްކުރައްވާނެ އެވެ.

މާފުށީގެ އިތުރުން ކ. ގުރައިދޫގެ ބިން ހިއްކާ ނިމޭއިރު، އެ ރަށުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ވަކި ރަށެއް ހިއްކައިދޭނެކަމަށްވެސް ރައީސް ވަނީ މިދިޔަ އަހަރު ވިދާޅުވެފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ