ފުރާންސްގައި ވަޅިން ހަމަލާދީ އެކަކު މަރާލައި ގިނަ ބަޔަކު ޒަހަމްކޮށްލައިފި

ފުރާންސުގެ ވެރިރަށް ޕެރިސް ކައިރީ ސަރަހައްދެއްގައި ވަޅިން ހަމަލާދީ އެކަކު މަރާލައި ގިނަ ބަޔަކު ޒަހަމްކޮށްލައިފިއެވެ.

ފުރާންސް ގަޑިން މިއަދު މެންދުރުފަހު 14:00 ހާއިރު ހިނގި މިހާދިސާގައި ވަޅިން ހަމަލާދެމުންދިޔަ މީހާއަށްވަނީ ފުރާންސް ފުލުހުން ބަޑިން ހަމަލާދީ މަރާލައިފައެވެ.

ވަޅިން ހަމަލާދިން މީހާގެ މައުލޫމާތު ފުރާންސް ފުލުހުން އަދި ހާމަކޮށްފައި ނުވާއިރު މައުލޫމާތު ލިބޭގޮތުގައި މިމީހާ ވަޅިން ހަމަލާދީފައިވަނީ ޕާކެއްގެ ތެރޭގައެވެ. ފުރާސް ފުލުހުން ބުނެފައިވަނީ މިހަމަލާދިނުމުގެ މަގުސަދު އަދި ސާފުނުވާ ކަމަށާއި މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުންވަނީ އެސަރަހައްދަށް އާމުން ނުނިކުތުމަށް އަންގައިފައެވެ. އަދި ފުރާންސުގެ ކައުންޓަރ ޓެރަރިޒަމްގެ އޮފިސަލުންދަނީ މިހާދިސާ ހިނގި ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ