ވަގަށް ނަގާފައިވާ ސައިކަލެއް ފުލުހުން ރޭ މާލެއިން ހޯދައިފިއެވެ. ސައިކަލް ހޯދާފައިވަނީ ރޭ މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ގަލޮޅު ޕޮލިސް އިންނެވެ.
ފުލުހުން ވިދާޅުވީ ރޭ މާލެތެރެ ގަލޮޅު ޕޮލިސްގެ ފުލުހުން މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު، ފަޅުމަތީ މަގުގައި ހުރި ސައިކަލެއް އެއީ ވަގަށް ނަގާފައި ހުރި ސައިކަލެއް ކަމަށް ބެލެވިގެން ބެލިއިރު އެސައިކަލަކީ 09 ޑިސެންބަރު 2019 ގައި ގެއްލިގެން ފުލުހުންނަށް ހުށައަޅާފައިވާ ސައިކަލެއްކަން އެނގިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވެފައިވަނީ ސައިކަލްގެ ވެރިފަރާތަށް މަޢުލޫމާތު ދިނުމަށްފަހު މި ސައިކަލް މިހާރު ވަނީ ޓޯވ ކޮށްފައިކަމަށެވެ.
ސައިކަލް ވަގަށް ނެގުމަކީ މާލޭގައި އާންމުވެފައިވާ މައްސަލައަކަށްވެފައިވާއިރު، ވަގަށް ނަގާފައިވާ ސައިކަލްތައް އޭގެ ފަސް އަހަރު ފަހުންވެސް ފުލުހުން ހޯދާފައިވެއެވެ.



