ސައިކަލެއް ގެއްލިގެން ހޯދަނީ!

މިއަދު ހެނދުނު 10:15 ގައި ގެއްލިގެން ރިޕޯޓް ކޮށްފައިވާ ސައިކަލެއް ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ރަޖިސްޓްރީ ނަންބަރު: (AAOL / P2898)، ވޭވް 125 ގެ ކަޅު ކުލައިގެ ސައިކަލެކެވެ.

ފުލުހުން ވިދާޅުވެފައިވަނީ މި ސައިކަލު ގެއްލިފައިވަނީ ވައިލެޓް މަގުން ގިނަމާގެ ކުރިމަތިން ކަމުގައެވެ. އަދި މި ސައިކަލު ފެނިއްޖެ ނަމަ 322111 ނުވަތަ 3322112 ގުުޅުއްވާ އެއްގެވުމަށް އެދިވަޑައިގެންފައި ވެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ޚާއްސަކޮށް މާލޭގައި ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މާލެ ހިމެނޭ ސަރަހައްދުން ސައިކަލު ވަގަށް ނެގުން އިންތިހާއަށް އިތުރުވެފައިވާއިރު، ސައިކަލްގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސައިކަލް ވަގަށް ނެގުން އިތުރުވަމުންދާތީ ފުލުހުންވަނީ ޚާއްސަ އޮޕަރޭޝަން ތަކެއްވެސް ކުރިޔަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ