ރާއްޖޭގެ ދެކުނަގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ޤައުމީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މިރޭ 18:30 ން 23:30 މެޓު އޮފީހުން ނެރެފައިވާ ވައިޓް އެލާޓްގައިވާގޮތުން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓާއަށް މިވަގުތުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.
Alert White for heavy rain with thunderstorms. pic.twitter.com/d4bZ0yJPGw
— Maldives Meteorology (@MetMaldives) January 5, 2020
ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާކޮށް މެޓު އޮފީހުން ވިދާޅުވީ، ދެކުނުގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށާއި އެހެން ހިސާބުތަކުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ވާނެކަމަށްވެސް މޫސުމާއިބެހޭ އިދާރާއިންވަނީ ވިދާޅުވެފައެވެ.



