ސްރީ ލަންކާއިން 6 ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.
ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީންވެސް ވަނީ ލަންކާއިން 6 ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަން ކަށަވަރު ކޮށްދެއްވާފަ އެވެ.
ފޮރިން މިނިސްޓްރީގެ ކޮމިޔުނިކޭޝަން ޑިރެކްޓަރ މިއުވާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްރީލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންދެވުނު ހަދިވެއްސަކަށް ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ގެންދަނީ ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށާއި އެމްބަސީގެ ކޮންސިއުލަރ ސްޓާފުން މިވަގުތު ޕޮލިސް ސްޓޭޝަންގައި ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
ސްރީލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންދެވުނު 6 ދިވެއްސަކަށް ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ގެންދަނީ ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދެމުން. އެމްބަސީގެ ކޮންސިއުލަރ ސްޓާފުން މިވަގުތު ޕޮލިސް ސްޓޭޝަންގައި ދަނީ ހަރަކާތްތެރިވަމުން.
— Miuvan (@Miuvaan) January 5, 2020
ހައްޔަރުކުރި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
މިއަދު ހަވީރުން ފެށިގެން އެމީހުން ވަނީ ހައްޔަރު ކޮށްފައި ކަމަށް އެސަހައްދުގައި ހަރަކާތްތެެރިވާ ދިވެއްސަކު މައުލޫމާތު ދެއްވިއެވެ. މިހާރު ކުޑަކުދިން ދޫކޮށްލާފައިވާކަމަށް ވެސް އެފަރާތުންވަނީ މައުލޫމާތު ދެއްވާފައެވެ.
ހަ ދިވެހިން ހައްޔަރުކުރީ ޕާސްޕޯޓް ނެތި އެ ގައުމުގައި ދިރިއުޅެމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.