ސްރީލަންކާއިން އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 12 ދިވެހިން ގެ ތެރެއިން 4 މީހަކު ދޫކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ދޫކޮށްލާފައިވަނީ ކުޑަ ތިން ކުދިންނާއި، އެ ކުދިންގެ މަންމައެވެ. ފޮރިން މިނިސްޓްރީން ރޭ ބުނެފައިވަނީ ލަންކާ ފުލިހުންގެ ބެލުމުގެ ދަށަށް ގެންފިޔައީ 6 ދިވެހިން ކަމަށެވެ. ނަމަވެސް ފޮރިން މިނިސްޓްރީ އިން ފަހުން މައުލޫމާތު ދެއްވި ގޮތުގައި އިއްޔެ ލަންކާ އިން ވަނީ ޖުމްލަ 12 ދިިވެއްސަކު ހައްޔަރު ކޮށްފައެވެ.
ލަންކާގެ ކޮހުވެލާ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހަކު ރޭ ދޫކޮށްލާފައިވާ ކަމަށެވެ. މި މީހުން ހައްޔަރު ކޮށްފައި ވަނީ ވިސާގެ މައްސަލަތަކާއި ޕާސްޕޯޓުގެ މައްސަލަތަކެއް އުޅޭތީ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ލަންކާގައި ދިން އީސްޓަރ އެޓޭކަށްފަހު ފޮރިން މިނިސްޓްރީން ވަނީ ދިވެހިން ބޭރުގައި އުޅޭ އިރު ޕާސްޕޯޓު ހިފައިގެން ދިއުމަށް އިލްތިމާސްކޮށްފައެވެ. އިއްޔެ 12 ދިވެހިން ހައްޔަރުކުރުމާއި ގުޅިގެން ފޮރިން މިނިސްޓްރީން ވަނީ އަނެއްކާވެސް ލަންކާގައި ދިރިއުޅޭ ރައްޔިތުން ގެއިން ބޭރަށް ނިކުންނައިރު ޕާސްޕޯޓް ގެންގުޅުމަށް އިލްތިމާސްކޮށްފަ އެވެ.




