މިރޭވެސް ދެކުނު އަތޮޅުތަށް ވައިޓް އެލާޓްގައި

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މިރޭވެސް ދެކުނު އަތޮޅުތަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިއަދު ހަވީރު 05:30 ން މިރޭ 10:30 އަށް ނެރެފައިވާ ވައިޓް އެލާޓްގައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެކަމަށެވެ.

އަދި ކުރިއަށްއތް 24 ގަޑިއިރު ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށްވެސް މޫސުމާއިބެހޭ އިދާރާއިން ވިދާޅުވިއެވެ.

އަދި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް، މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން އެއިދާރާއިން ވިދާޅުވީ، ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ވާނެކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެކަމަށެވެ. އަދި ކަނޑުގެ ރާޅުގެ އުސްމިނުގައި 2 - 5 ފޫޓު ހުންނާނެކަމަށްވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ