15 ރަށެއްގެ ޕާކް ހެދުމަށް ބޭނުންވާ ސާމާނު ވަރަށް އަވަހަށް ފޮނުވޭނެ: މަޙްލޫފް

15 ރަށެއްގެ ކުޑަ ކުދިންގެ ޕާކް ހެދުމަށް ބޭނުންވާ ސާމާނު ވަރަށް އަވަހަށް ފޮނުވޭނެ ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި މަޙްލޫފް ވިދާޅުވީ، 15 ރަށެއްގެ ކުޑަ ކުދިންގެ ޕާކް ހެދުމަށް ބޭނުންވާ ސާމާނު ވަރަށް އަވަހަށް އެރަށްރަށް ފޮނުވޭނެކަމަށެވެ. އަދި މި 15 ރަށްވެސް މިނިސްޓަރުގެ ޓްވީޓްގައި ހާމަކުރައްވާފައިވާއިރު، އެރަށްތަކަކީ؛ ކ.ގުޅި، ގދ.ތިނަދޫ، ގދ.ރަތަފަންދޫ، އއ.ރަސްދޫ،ކ.ގާފަރު، ބ.ކިހާދޫ، މ.ރަތްމަންދޫ، ގދ.ވާދޫ، ތ.ހިރިލަންދޫ، ތުރާކުނު، ކުނބުރުދޫ، ގއ.ނިލަންދޫ، ތ.ވަންދޫ، ރ.ވާދޫގެ އިތުރުން ތ.ކަނޑޫދޫއެވެ.

ރައްޔިތުންނަށް އެމީހުންގެ ޢާއިލާތަކާއެކު އުފާވެރި ވަގުތުތައް ހޭދަކޮށްލެވޭނެ ފަދަ ފިނި މައިޒާންތަކާއި، ކުޑަކުދިންގެ ޕާކް ފަދަ ތަންތަން ތަރައްޤީކުރެއްވުމުގެ މަސައްކަތް މިދިޔަ ސަރުކާރުން ފައްޓަވާފައިވާއިރު، މިމަސައްކަތް މިގޮތުގައި ކުރިއަށް ގެންދިއުމަކީ މިސަރުކާރުގެވެސް އަމާޒެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ