ޤާނޫނީ ވަކީލު އަބްދުﷲ ހަސީން | ފޮޓޯ : މިހާރު

ވަކީލު ހަސީންގެ ކުއްވެރިއަކަށް މާލޭ ޖަލުގައި އިއްޔެ އަނިޔާކުރިކަމުގެ ތުހުމަތު

ޤާނޫނީ ވަކީލު އަބްދުﷲ ހަސީންގެ ކުއްވެރިއަކަށް ޖަލުގައި އިއްޔެ އަނިޔާކޮށްފައިވާކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ހަސީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒިހާން އިސްމާއިލް ކިޔާ އެނާ ބަލަމުންދާ ކުއްވެރިއަކަށް އިއްޔެ މާލޭ ޖަލުގައި އަނިޔާކޮށްފައި ވާކަމަށެވެ. ހަސީންގެ ޓްވީޓުގައި ބުނެފައިވަނީ އަނިޔާކުރި ތަން އެހުރީ ފެންނަން ކަމަށެވެ.

މައުމޫންގެ ހިޔަނީގައި މަގާމު ހޯދި މުނާޒު ވެސް ކިޔެވީ މައުމޫން ކިޔެވި އަނިޔާވެރި ފޮތުން : ގާނޫނީ ވަކީލު އަބްދުﷲ ހަސީން

ހަސީން އިސާރާތް ކުރައްވަނީ ކޮމިޝަނަރ އޮފް ޕްރިޒަން އަބްޑުﷲ މުނާޒަށެވެ. ހަސީން އިތުރަށް ވިދާޅުވީ އަނިޔާވެރި މައުމޫނިޒަމުން ސަލާމާތްވާން ކުރި ދަތުރު މިތިބީ ފުރިތާ ޖެހިފައި ކަމަށެވެ.


ކަރެކްޝަނަލް ސާވިސް އިން މާފުށީ ޖަލުގައި ހިންގި ސާޗު އޮޕަރޭޝަން ކުރިޔަށް ގެންދިޔުމަށް ބަންދުގައި ތިބި މީހުން ހުރަސް އެޅުމުން ބާރުގެ ބޭނުން ކޮށްފައިވާކަމަށް އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސް އަހްމަދު މުޙައްމަދުފުޅު ވެސް ވަނީ އިއްޔެ ވިދާޅުވެފައެވެ.

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) އުފެއްދުމުގައި އިސްކޮށް ހުންނެވި ގާނޫނީ ވަކީލު އަބްދުﷲ ހަސީން، ސިޔާސީ ކަންކަމުން ދުރުވުމަށް ކަމަށް ބުނެ އެޕާޓީން ވަނީ ވަކިވެފައެވެ. ހަސީން އޭގެ ކުރިން ފެނިފައިވަނީ މުޅިން ވެސް އެމްޑީޕީގެ ހަރަކާތްތަކުންނެވެ. ހަސީން އަކީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަން ބަދަލުކުރަން ކުރި މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ