މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހިންގަމުން އަންނަ އައްސޭރި ޖަލާއި މާލެ ޖަލުން ކޮވިޑް-19 އަށް ނެގި ހުރިހާ ރެންޑަމްކޮށް ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް ވެއްޖެއެވެ.
ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވީ، މިހާރު ހަލުވިކަމާއިކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުންނާއި ޖަލުތަކަށް މި ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި، އައްސޭރި ޖަލުންނާއި މާލެ ޖަލުން ހޮނިހިރު ދުވަހު ރެންޑަމްކޮށް ނެގި ސާޕަލްތައް ނައްސި ވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
އެންއީއޯސީ އާއި މޯލްޑްވިސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި، އައްސޭރި ޖަލުން 25 ޤައިދީންނާއި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 12 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، މާލެ ޖަލުގެ ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން 15 ފަރާތުގެ ސާމްޕަލްއާއި އޮފިސަރުންގެ ތެރެއިން 20 ފަރާތުގެ ސާމްޕަލް ވަނީ ނަގާފައެވެ.
މި ދެ ޖަލުން ޖުމްލަ 72 ސާމްޕަލް ނެގުމުގައި ބަލައިފައިވާނީ ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ޤައިދީންނާއި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ އޮފިސަރުންނެވެ.



