މާލޭގެ ގެ އެއްގެ ހަ ވަނަ ބުރިން މަގުމައްޗަށް ވެއްޓި އުމުރުން 97 އަހަރުގެ ފިރިހެނަކު ރޭ ފަތިހު މަރުވެއްޖެ އެވެ.
ފުލުހުން ވިދާޅުވީ، ރޭ ފަތިހު 4:00 ޖަހާކަންހާއިރު، އެ މީހާ ވެއްޓިފައި ވަނީ ހެންވޭރުގައި ހުންނަ ގެއެއްގެ ހަ ވަނަ ބުރިން ކަމަށެވެ.
އެ މީހާ އައިޖީއެމްއެޗްއަށް ގެންދިޔައިރު ވެސް ނިޔާވެފަައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އުމުރުން ދުވަސްވީ އެ މީހާ އެ އިމާރާތުން ވެއްޓެން މެދުވެރިވި ސަބަބެއް ނޭގޭއެވެ. އަދި އެ މަރާއި ގުޅޭ ގޮތުން އިތުރު އެއްވެސް އެއްޗެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.