ސަފާރީއަކުން ފީނަން ފޭބި މީހަކު މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ފޭބި ފަތުރުވެރިއަކު ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި މަރުވެފައިވާކަމަށެވެ.
މަރުވެފައި ވަނީ ޖަޕާނަށް ނިސްބަތްވާ އުމުރުން 64 އަހަރުގެ ފަތުރުވެރިއެކެވެ. އޭނާ މަރުވީ ހާލު ދެރަވެގެން ވ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ.
ރޭ 9:40 އެހާއިރު ހިނގި އެ ހާދިސާގައި މަރުވި ޓޫރިސްޓް މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެވެ.
ކުއްލި މަރުތައް އިންތިހާއަށް އިތުރު ވެފައި ވަނިކޮށް ފަތުރުވެރިޔަކު މަރުވިއިރު، މިއީ ފާއިތުވި ފަސް ގަޑިއިރުގެ ތެރޭގައި ހާދިސާތަކުގައި މަރުވި ދެވަނަ މީހާއެވެ.




