ދިއްދޫ ހައުސިން ޔުނިޓްތައް - ފޮޓޯ: މިހާރު

ދިއްދޫ ފްލެޓަށް އެދި ހުށަހެޅި ފޯމްތައް އަލުން އިވެލުއޭޓް ކުރަނީ

ހއ.ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާފއިވާ ފޯމްތައް އަލުން އިވެލުއޭޓް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ހއ.ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ދަށުން، ހއ.ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތައް އޭގެ ޙައްޤުވެރިންނަށް ޙަވާލުކުރުމަށްޓަކައި އެޓަރނީ ޖެނެރަލް އޮފީހާއި އާއި އޭސީސީގެ ލަފާގެ މަތިން ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހަޅާފައިވާ ފޯމުތައް އަލުން އިވެލުއޭޓްކޮށް ލިސްޓުތައް އަލުން ތަރުތީބު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އެމިނިސްޓްރީއިން ވިދާޅުވި ގޮތުގައި ފޯމުތައް އަލުން އިވެލުއޭޓްކޮށް ލިސްޓު ތަރުތީބު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެކަމަށްޓަކައި އެ ރަށު ކައުންސިލުން އެކުލަވާލާފައިވާ ޚާއްޞަ ކޮމެޓީއަކުންނެވެ. އަދި މިމަސައްކަތުގައި މިނިސްޓްރީން ފަންނީ އެހީތެރިކަން ދެމުންދާކަމަށްވެސް ވިދާޅުވިއެވެ.

ހއ. ދިއްދޫގައި ބޯހިޔާވަހިކަން ތަރައްޤީކުރުމުގެ ދަށުން ޢިމާރާތްކޮށްފައި ވަނީ 250 ހައުސިންގ ޔުނިޓެވެ. އަދި
އެންމެ ފުރަތަމަ ކެޓަގަރީ A ގެ 125 ހައުސިންގ ޔުނިޓާއި ކެޓަގަރީ 3 ގެ 15 ހައުސިންގ ޔުނިޓަށް އެދުމަށް
ހުޅުވާލާފައިވަނީ 19 އޭޕްރީލް 2015 ގައެވެ. މިބުރުގައި ހުޅުވާލުމުން ހައުސިންގ ޔުނިޓުތައް ހޯދުމަށް އެދި 440
ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. ހައުސިންގ ޔުނިޓު ލިބުނު 140 މީހުންގެ ތެރެއިން 135 މީހުންނަށް 2018 ޖުލައި މަހު ވަނީ ހައުސިންގ ޔުނިޓު ޙަވާލުކޮށްފައެވެ.

ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތަކުގެ ތެރެއިން ކުރިން ޙަވާލުނުކުރެވި ހުރި ބާކީ (110) ޔުނިޓަށް
އެދި ހުށަހެޅުމަށް 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފުރުޞަތު ހުޅުވާލާފައިވާއިރު، ދެވަނަ ބުރުގައި
ފުލެޓުތައް ދިނުމުގެ މަސައްކަތް މަޑުޖައްސާލާފައި ވަނީ، 10 ހައުސިންގ ޔުނިޓަށް ހޮވިފައިވާ ފަރާތްތަކުގެ ލިސްޓު
ޢިއުލާންކުރުމުން އެލިސްޓުގައި މައްސަލަތަކެއް ހުރިކަމަށް ދިއްދޫގެ ގިނަ ރައްޔިތުންގެ ޝަކުވާތަކެއް މިނިސްޓްރީއާއި އެރަށު ކައުންސިލަށް ލިބިފައިވާތީއާއި، އެސީސީގެ ފަރާތުން ހައުސިންގ ޔުނިޓުތައް ދޫކުރުމާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތައް ބަލަމުންދާތީއާއި ފުރަތަމަ ބުރުގައި ހައުސިންގ ޔުނިޓު ދޫކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި ބުނެ ހއ.ދިއްދޫ ކައުންސިލުންނާއި ވަރަށް ގިނަ ރައްޔިތުން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅާފައިވާތީކަމަށްވެސް މިނިސްޓްރީއިން ވިދާޅުވިއެވެ.

މީގެއިތުރުން އެމިނިސްޓްރީއިން ވިދާޅުވީ، އަލުން މިހާރު މަސައްކަތް ފަށާފައި މިވަނީ މި މައްސަލަ ޙައްލުކުރުމަށްޓަކައި އެޓަރނީ ޖެނެރަލް އޮފީހާއި އޭސީސީގެ ލަފާ ހޯދުމަށްފަހު އެ އިދާރާތަކުގެ ލަފާގެ މަތިން ބާކީހުރި 100 ހައުސިންގ ޔުނިޓަށް އެދި ހުޅުވާލާ 30 ޖުލައި 2018 ވަނަ ދުވަހު މިނިސްޓްރީން ކޮށްފައިވާ އިޢުލާން ބާޠިލްކުރުމަށްފަހު، 19 އޭޕްރީލް 2015 ވަނަ ދުވަހު ހއ.ދިއްދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނަށް އިޖާބަދީ ފޯމު ހުށަހެޅި ފަރާތްތަކުގެ ފޯމުތައް އަލުން އޭރުގެ ހާލަތައް ބަލައި އިވެލުއޭޓްކޮށް އަލުން ލިސްޓު ތަރުތީބުކޮށް ހައުސިންގ ޔުނިޓް ލިބުން ޙައްޤުވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

"ހައުސިންގ ޔުނިޓް ލިބުން ޙައްޤުވާފަރާތްތަކުގެ ލިސްޓު ފައިނަލް ކުރެވުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް
ހައުސިންގ ޔުނިޓު އޭގެ ހައްޤުވެރިންނަށް ޙަވާލުކުރެވޭނެ" ހައުސިން މިނިސްޓްރީއިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ