ކޮނޑޭ އިންޖީނުގެ ޑެޕިއުޓީ މެނޭޖަރު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ގއ. ކޮނޑޭ އިންޖީނުގެ ޑެޕިއުޓީ މެނޭޖަރު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މިކުއްލި މަރާއެކު، ފެނަކައިން މަރްޙޫމްގެ އާއިލާއަށް ތައުޒިޔާ ކިޔާފައިވާއިރު، މިއަދު ފެނަކައިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އުމުރުން 46 އަހަރުގެ މުހައްމަދު އަބްދުލް ހަކީމަކީ އެ ކުންފުންޏަށް 10 އަހަރަށް ވުރެ ގިނަ ދުވަހު ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ހިދުމަތްކޮށްދެއްވާފައިވާ ފަރާތެއްކަމަށާއި، އޭނާ ވަކިވެގެން ދިއުމަކީ ކުންފުނީގެ މުވައްޒަފުންނަށާއި މެނޭޖްމަންޓަށް ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމެއްކަމަށެވެ.

އޮންލައިން ނޫހެއް ކަމަށްވާ "ހުވަދޫ ޑޮޓް ކޮމް" ގައި ބުނެފައިވަނީ އޭނާ މަރުވެފައި އޮއްވާ ފެނުނީ ނިދާ ނުހޭލައިގެން ކޮޓަރި ބެލުމުންނެވެ. އަދި ފެނުނު އިރު ބޭރުފުށުން އެއްވެސް ކަހަލަ ގެއްލުމެއް ނެތް ކަމަށެވެ.

މިމަރާއި ގުޅިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުން ދިޔަނަމަވެސް، މިމައްސަލައާ ގުޅޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ހާމައެއް ކޮށްފައެއްނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ