އަބްދުﷲ ނަހީފް - ފޮޓޯ: ވަގުތު

ހަވަނަ ބުރިން ވެއްޓި ނިޔާވީ ޑރ. ޑީޑީގެ ބައްޕަ

އިމާރާތެއްގެ ހަ ވަނަ ބުރިން ވެއްޓި ރޭ ފަތިހު އަވަހާރަވީ ކުރީގެ ފިޝަރީޒް މިނިސްޓަރު އަދި އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާފައިވާ ޑރ.އިބްރާހިމް ދީދީ (ޑރ. ޑީޑީ) ގެ ބައްޕަ ކަން އެނގިއްޖެއެވެ.

މަޝްހޫރު ދަތުގެ ޑޮކްޓަރު، ޑރ. ޑީޑީގެ ބައްޕަ، ސ. ހުޅުދޫ ބަހާރީވިލާ، އަބްދުﷲ ނަހީފް ވެއްޓުނީ ބުރުޒުމަގުގައި ހުންނަ ގ. ދަތުގެ އިމާރާތުގެ ހަވަނަ ބުރިންނެވެ. އުމުރުން 96 އަހަރުގެ އަބްދުﷲ ނަހީފް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައި ވަކަމަށް ފުލުހުން ބުންޏެވެ.

ޑރ. ޑީޑީ މިއަދު ވަނީ އޭނާގެ ބައްޕަ ނިޔާވިކަން ޓްވިޓާގައި ވިދާޅުވެފައެވެ.

ނަހީފުގެ ދަރިކަލަކު މިއަދު އާސަހަރާގައި ހުރެ މަޝްހޫރު އޮންލައިން ނޫސް "ސަން"އަށް ވިދާޅުވެފައިވަނީ، އޭނާގެ ބައްޕަ ބެލްކަނީން ވެއްޓި ބޮލުގެ ކަނާތް ފަރާތް ޒަހަމްވެފައިވާ ކަމަށާއި އެގަޑީގައި އެ ފްލޯގައި ދިރިއުޅޭ މީހުން ތިބީ ނިދާފައި ކަމަށެވެ. އަދި ނަހީފްގެ ހަށިގަނޑު ފެނުނީ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންތަކަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ އޭނާގެ ބައްޕަ ބަލަހައްޓަން އެ ކޮޓަރީގައި ވަކި މީހަކު ހުންނަ ކަމަށާއި ނަމަވެސް އޭނާވެސް އެވަގުތު އޮތީ ނިދާފައި ކަމަށެވެ.

ފުލުހުން ވިދާޅުވީ، ރޭ ފަތިހު 4:00 ޖަހާކަންހާއިރު، އަބްދުﷲ ނަހީފް ވެއްޓިފައި ވަނީ ހެންވޭރުގައި ހުންނަ ގެއެއްގެ ހަ ވަނަ ބުރިން ކަމަށެވެ.

އަބްދުﷲ ނަހީފްގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.


މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ