މާލޭ ރެސްޓޯރެންޓެއްގައި ބަނގުރާ ވިއްކަމުން ދަނިކޮށް 3 މީހުން ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކާއި 50 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 38 އަހަރުގެ ސްރީލަންކާ ފިރިހެނެއްކަމަށެވެ. އަދި މި ތިންމީހުން ގެންގުޅުނު ދަބަސްތައް ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ބަނގުރާކަމަށް ބެލެވޭ އެއްޗެހި ހުރި ފުޅިތަކެއް ފެނިފައިވާކަމަށެވެ.
ފުލުހުން މިތިން މީހުން ޙައްޔަރުކޮށްފައިވަނީ މާލޭގެ ރެސްޓޯރެންޓެއްގައި ބަޔަކު ބަނގުރާ ގެންގުޅޭކަމަށް މިއަދު ހެނދުނު 08:30 ހާއިރު ލިބުނު މައުލޫމާތާއި ގުޅިގެންނެވެ.
މިމައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.



