ޅ. ނައިފަރު ފިހާރައެއްގެ ތެރޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ދާދި ދެންމެއަކު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރާއްޖޭގެ އުތުރުގެ ރަށެއްގައި ފިހާރައެއްގައި ތެރޭގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކާއިމެދު ޖިންސީ ގޯނާކުރި މައްސަލައެއް ޑިސެމްބަރ 29 ވަނަ ދުވަހު ހުށަހެޅިފައި ވާކަމަށެވެ.
މިމައްސަލައިގައި ތުހުމަތުކުރެވެނީ 37 އަހަރުގެ ދިވެހި ފިރެހެނަކަށް ކަމަށާއި އަދި ކޯޓު އަމުރުގެ ދަށުން އޭނާގެ ފޯނާއި އިތުރު ހެކި ވަނީ ތަހުގީގު ބޭނުމަށް ނެގިފައި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ނަމަވެސް، މިމައްސަލައިގައި އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުނެއެވެ.
މިމައްސަލައިގެ ތަހުގީގު ފުލުހުން ކުރަމުންދާއިރު، މިނޫހަށް އިނގިފައިވާ ގޮތުގައި މި ކުޑަކުއްޖާގެ އުމުރަކީ 17 އަހަރެވެ. އަދި މިކުއްޖާއަށް ގަދަކަމުން ޖިންސީ ގޯނާ ކޮށްފައިވަނީ މިކުއްޖާ މަސައްކަތްކުރާ ފިހާރައިގެ ވެރިމީހާކަމަށްވެސް މައުލޫމާތު ލިބެއެވެ.




ހިޔާލު
މިމައްސަލަ އޮއްބާލާނެ އެއީ އެމްޑީޕީ ކުރީގެ ނައިފަރު ރައީސްގެ ދަރިފުޅުގެ ފިރިމީހާވީމާ، ވަރަށް ރީދޫކުލަ ސޮރެއް އެއީ. ކީއްވެބާ ދެއިސްޕީކަރުލީ ބޮޑު ރޭޑިއޯ އެއް ކުޅެންގެންގުޅޭއިރު ޕޮކެޓް ރޭޑިއޯ އެއްފެޅީ އެކަމު ހެސްކިޔާފަ ތުބުޅިދިގުކޮއް ހުއްޓަސް މިހިރީީ ކުރާ ވިޔާނުދާކަންކަން