ހުޅުމާލޭގައި ވޭނަކާ ކެރޭނެއް ޖެހި ނުރައްކާތެރި އެކްސިޑެންޓުވެއްޖެއެވެ.
މި އެކްސިޑެންޓުގައި ކެރޭނުން ޖެހި، ވޭނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ވޭނުގެ މައްޗަށާއި ވޭނުގެ ވިންޑް ސްކްރީނަށް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ.
މި އެކްސިޑެންޓުގައި މީހަކަށް ގެއްލުންމެއް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައި ނުވާއިރު، އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މާލެއާއި، ހުޅުމާލެ އަދި ބުރިޖާއި، ހައިވޭގައި ހިނގާ އެކްސިޑެންޓްތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެކަން ހައްލުކުރުމަށް ހައިވޭއާއި، ބުރިޖުގައި ހެލްމެޓް އަޅައިގެން ނޫން ގޮތަކަށް ދުއްވުންވެސް ސަރުކާރުން ވަނީ މަނާކޮށްފައެވެ.




