އިތުބާރު ހިފޭ އެތައް ޑޮކްޓަރުންނެއް ވެކްސިން ޖެހުމުގެ މުޙިންމުކަމާއި އެކަމުގެ ފައިދާ ކިޔައިދީފައިވާކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދަޅުވެއްޖެއެވެ.
ޝެއިޚް ޒައިދު ވަނީ ވެކްސިން ޖެހުމުގެ މުޙިންމުކަން ޑޮކްޓަރުން ބުނެދީފައިވާއިރު، ލޮލުގެ ނޫރު ކަމުގައިވާ ދަރިން ބަލިބަލިން ސަލާމަތް ކުރުމަށް މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައެވެ. "ދަރިންނަކީ އަމާނާތެއް" ޝެއީޚް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޝެއިޚް ވިދާޅުވެފައިވަނީ ދީނީ އަދި ދުނިޔެވީ އެންމެހާ ހެޔޮކަމެއް ކުދިންނަށް ދޭންޖެހޭނެކަމަށެވެ.
Ithubaaru hifey ethah Doctorunneh Vaccine jahhmuge faidhaa aa ekamuge muhinmukan kiyaidheefaivey! V iru loluge nooru kamugaivaa dharin balibalin Rakkaatheri kurumah masahkai kurahvaa! Dharinnaky amaanaatheh! Dheenee, dhuniyevy enmehaa heyokameh kudhinnah dheynjeheyne!
— Ali Zaid (@alizaid1000) January 13, 2020
ދަރިންނަށް ވެކްސިން ނުދޭ މައްސަލައަކީ މަދުންނަމަވެސް ރާއްޖޭގައި ފެންމަތިވަމުން އަންނަ މައްސަލތަކެކެވެ. ދާދި ފަހުން މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭޝަންގައިވެސް ވެކްސިން ދިނުމަށް ދެކޮޅުހެދި ކުދިންތަކެއް ވަނީ ދަޢުލަތުގެ ބެލުމުގެ ދަށަށް ނަގާފައެވެ.
މީގެ އިތުރުންވެސް ހިމަބިހި ރާއްޖެއިން އަލުން ރާއްޖެއިން ފެނުމާއި ގުޅިގެން ވެކްސިން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަ ކޮށްފައެވެ. ހިމަބިހި ފެނިފގައިވަނީ ވެކްސިން ޑޯޒް ފުރިހަމަ ނުވާ 3 އަހަރުގެ ކުއްޖެއްގެ ގައިންނެވެ. އޭގެ ފަހުން 30 އަހަރުގެ މީހެއްވެސް ވަނީ ހިމަބިއްސއް ޕޮޒެޓީވް ވެފައެވެ. އަދި އިތުރު މީހަކުވެސް އަންނަނީ ޝައްކު ކުރެވިގެން ޓެސްޓް ކުރަމުންނެވެ.
ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި ހިމަބިހ ފެތުރެން ފަށާފައިވާކަންވެސް ހާމަކޮށްފައެވެ.




