އިލެކްޝަން ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް | ފޮޓޯ : މިހާރު

ސިޔާސީ ޕާޓީތަކުގެ ދަފްތަރު ވަނީ ގަޑުބަޑު ކޮށްފައެއް ނޫން - އީސީ

ސިޔާސީ ޕާޓީތަކުގެ ދަފްތަރު ވަނީ ގަނޑުބަނޑުވެފަނޫންކަމުގައި އިލްކްޝަންސް ކޮމިޝަނުން ވިދަޅުވެއްޖެއެވެ.

އިލްކެޝަނުން މިހެން ވިދަޅުވެފައިމިވަނީ ނޭންގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދާ ވަކިކުރާކަމުގެ ތުހުމަތު އިލެކްޝަންސް ކޮމިޝަނަށް ކުރެވިފައިވަނިކޮށެވެ.

އެގޮތުން އިއްޔެ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ނޭންގި ޕާޓީ ބަދަލުކުރާ ކަމުގެ ތުހުމަތު އީސީއަށް ކޮށްފައެވެ. އަދި އެގޮތށް ޕާޓީ ބަދަލުވެފައި ތިބި ބޭފުޅުން އެކަމުގެ ޝަކުވާ އެބޭފުޅުންގެ ގާތުގައި ކުރައްވަމުން ދާކަމަށްވެސް ޢަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދުވެސް ވަނީ އެމްޑީޕީގެ ދަފްތަރު ޞައްޙަ ނޫންކަމަށް ވިދާޅުވެފައެވެ. އެގޮތުން ރިޔާޒްއާއި، ހަލީލް އަދި ލަޠީފްވެސް އެމްޑީޕީގެ ދަފްތަރުގައި އޮތް ކަމަށްބުނެ ޖަމީލް ވިދާޅުވެފައިވަނީ ވެރިކަމުގެ ބާރާއި ނުފޫޒް ބޭނުންކޮށްފައިވާކަން މިއޮތީ ހާމަވެފައިކަމަށެވެ.

ޖަމީލް ވިދާޅުވެފައިވަނީ ރައްޔިތުންނަށް އޮޅުވާލައިގެން ޕާޓީ އަށް ވެއްދުމުގައި ގިނަ އިދާރާތަކެއްގެ ބައިވެރިވުން އެބައޮތްކަމަށާއި މިއީ ފުރިހަމަ ތަޙްޤީގެއްކޮށް، ފިޔަވަޅު އަޅަންޖެހޭ ޖިނާއީ ކުށުގެ އަމަލެއްކަމަށެވެ.

މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ އެފަރާތުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރު ވަނީ ގަނޑުބަނޑުކޮށްފައިނޫން ކަމަށާއި، ދަފްތަރުގައި ރަޖިސްޓްރީ ކުރަނީވެސް އަދި ދަފްތަރުން ނަމެއް އުނި ކުރަނީވެސް އެކަމަށް ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ކަމަށެވެ.

މީގެ އިތުރުން އީސީ އިން ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކަށް ދަޢުލަތުގެ ބަޖެޓުންދޭ ފައިސާގެ އެހީ ދެނީ އީސީ އިން ބަލަހައްޓަމުން ގެންދާ ދަފްތަރަށް ބަލައިގެން ކަމަށެވެ. އަދި މި ކަމުގައި ޕާޓީތަކުން ބަލަހައްޓާ އެޕާޓީގެ މެންބަރޝިިޕް ރަޖިސްޓްރީގެ އެއްވެސް ދަޢުރެއް ނެއްކަމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ