ބަންގްލަދޭޝްގެ ޗުނަރަގަތު ސްޓޭޓްގައިވާ ސަދޭކްޕޫރު އަވަށުގައި އިއްޔެ ހިނގި މަރާމާރީއެއްގައި ދިވެއްސަކު ނިޔާވެއްޖެ ކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.
ބަންގްލަދޭޝްގެ މީޑިއާތަކުން ބުނާ ގޮތުގައި މަރާމާރީގައި ނިޔާވެފައިވަނީ، އާއިލާއާ އެކު ބަންގްލަދޭޝްގައި ދިރިއުޅެމުން ގެންދާތާ އެތައް އަހަރެއް ވެފައިވާ 35 އަހަރު ލާލު ޝާހެވެ.
އިއްޔެ ފުރަތަމަ މާރާމާރީ ހިންގާފައި ވަނީ ލާލު ޝާހުގެ ދަރިއަކާއި އޭނާގެ އަވަށްޓެރިއެއް ކަމަށްވާ ޖަބީދު އަލީގެ ދަރިއަކާ ދެމެދު ކަމަށާއި، މިހަމަނުޖެހުންތަކުގައި ޖަބީދުގެ އާއިލާގެ ބައެއް މީހުން ގޮސް ތޫނު އެއްޗަކުން ލާލް ޝާހަށް ހަމަލާދީ އޭނާ ޒަހަމް ކޮށްލި ކަމަށް ބަންގްލަދޭޝްގެ ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ލާލް ޝާހް ވަރަށް ބޮޑަށް ޒަހަމްވުމާ ގުޅިގެން އޭނާ ހޮސްޕިޓަލަށް ވެސް ގެންދިޔަ ކަމަށާއި އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލައާ ގުޅިގެން ޖަބީދު އަލީއާއި އިތުރު ފަސް މީހަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.
ހިޔާލު
ލާލް ޝާހު އަށް 39 އަހަރު ވާނީ 17 މެއި 2019 ގައި ، ލާލު ޝާހު ބަންގްލަދޭޝް އަށް ދިޔައީ ރާއްޖެއިން 16 ޖެނުއަރީ 2019 ވީ ބުދަ ދުވަހު ސްރީލަންކަން އެއާލައިނުން އެވެ.
ދިވެހި މީހެއް ނޫން އެއީ ރާއްޖޭގައި މަސައްކަތް ކުރި ބަންގްލަދޭޝް މީހެއް
ކޮމެންޓް ކުރުން ބަންދު